ޒަޔަނިސްޓް ސިފައިން ފަލަސްތީނު މީހުންނަށް ޖާސޫސް ކުރަން އުދުއްސި ޑްރޯނެއް ފަލަސްތީނު އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ހިފައިފިއެވެ. ޒަޔަނިސްޓް ސިފައިންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.
ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމުން ބުނިގޮތުގައި އެ ޑްރޯން ޝިކާރަ ކުރުމަށްފަހު އެއިން ޔަހޫދީން ހޯދާފައިވާ މުހިންމު މައުލޫމާތު މިހާރު ފެލާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހައްސާސް މައުލޫމާތު ހުރިކަމަށްވެސް ބުންޏެވެ.