ޒަޔަނިސްޓް ސިފައިން ބަޑި ޖަހައި ފަލަސްތީނު މީހަކު މަރާލައިފިއެވެ. އުމުރުން 26 އަހަރުގެ ނަސީމު އަބޫ ފޫދާ ޝަހީދުކޮށްފައި ވަނީ އޭނާ ކާރުގައި އިންދައެވެ. ޒަޔަނިސްޓް ސިފައިން ބުނަނީ އޭނާ އުޅުނީ އެމީހުންނާ ދިމާއަށް ކާރު މުޑިއަރުވާލަން ކަމަށެވެ.
ޒަޔަނިސްޓް ސިފައިން މިއަދު ފަލަސްތީނުގެ 12 މީހުނ ހައްޔަރުކޮށްފިއެވެ.
ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުން ޒަޔަނިސްޓުންގެ ގަތުލުއާންމާއި ހަމަލާތަކުން މިމަހުގެ މި 30 ދުވަސް ތެރޭ 35 މީހުން ޝަހީދު ކޮށްފައި ވެއެވެ. އަދި އެއް ރެއްގައި (ރޭ) ދެކުނު ނާބުލުސްގައި ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް 120 އުދުވާނީ އަމަލުތައް ހިންގާފައެވެ. އޭގެ ތެރޭގައި ވެހިކަލްތަކުގާ ހުޅުޖެހުން ހިމެނެއެވެ.