އީރާންގެ އަސްފަހާންގެ ސިފައިންގެ ފެކްޓްރީއަކަށް ހަމަލަ ދިނީ އިޒްރޭލުން ކަމަށް ބުނާ ވާހަކައަކީ ފޮނި ކެނޑުމެއް ކަމަށް އީރާނުން ބުނެފިއެވެ. ތެހެރާނުން ބުނާ ގޮތުގައި ތަހުގީގުން ދައްކަނީ އެ ޑްރޯން ހަމަލައަކީ އީރާންގެ އެތެރެއިން ދީފައިވާ ހަމަލައެކެވެ. ނަމަވެސް އެކަމުގައި އިޒްރޭލުގެ އަތެއް ވާކަން ކަށަވަރު ވާކަމަށް އީރާނުން ބުނެފައި ވެއެވެ.
އިޒްރޭލުގެ މޮސާދުން ފޮނި ކަނޑަމުން ބުނެފައި ވަނީ އަހަރަމެންގެ މީހުން ހުރިހައި ތަނެއްގައި ތިބޭނެ ކަމަށާއި އަހަރަމެންނަކީ ކޮންމެ ތަނަކަށް ވެސް ހަމަލަ ދިނުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށެވެ.
ކުލީ ހަނގުރާމައެއް ކޮށްދޭ ޔުކްރެއިންގެ ރައީސްވެސް ވަނީ އޭނާގެ ގައުމުންވެސް އެހަމަލަ ދިނުމުގައި ބައިވެރިވާ ކަމަށް ބުނެ ފޮނިކަނޑާފައެވެ. އީރާނުން ވަނީ ތެހެރާން އެމްބަސީގައި ހުރި ޔުކްރެއިންގެ އިސް މަސްއޫލުވެރިއާ ޚާރިޖިއްޔާއަށް ހާޒިރުކޮށް އޭނާއަށް އިންޒާރާއި އިހުތިޖާޖުގެ ނޯޓް ހަވާލުކޯށްފައެވެ. އީރާނުން ބުނީ ޔުކްރެއިން އަށް ދޭ ރައްދު ނިކަން ހިތިވާނެ ކަމަށެވެ.
އިޒްރޭލަށް އިންޒާރު ދެމުން އީރާނުން ބުނެފައި ވަނީ އަޑުގަދަ ކުރުމާއި ދުރުން އީރާނުން އިޒްރޭލަށް އަޅާ ފިޔަވަޅު ހިތިވެފައި ހަަރު ވާނެ ކަން އިޒްރޭލަށް މިހާރު ނިކަން ރަގަޅަށް އެނގޭނެ ކަމަށެވެ.
އީރާނުން އެންމެ ފަހުންވެސް ވަނީ އިޒްރޭލުގެ ނަގަބް ސަހަރާގައި ހުންނަ ނިއުކްލިއަރ މަރުކަޒު މަތިން ޑްރޯން ދުއްވައި ފޮޓޯ ނަގައި އެ ފޮޓޯ އިން ބައެއް އިޒްރޭލަށް ދީ ޒަޔަނިސްޓުންނަށް މަލާމާތް ކޮށްފައެވެ.