ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝީދު އަލް މަކްތޫމް ވަނީ އަލް މިންހާދު ޑިސްޓްރިކްޓާއި އެ ޑިސްޓްރިކްޓްގެ ވަށައިގެންވާ ސަރަހައްދުތަކަށް 'ހިންދު ސިޓީ' ގެ ނަމަށް ނަން ބަދަލުކުރައްވާފައެވެ.

ހިންދު ސިޓީއަކީ ހަތަރު ޒޯނަކަށް ބަހާލައި ފައިވާ ސިޓީއެކެވެ، އެސިޓީގައި ޔޫއޭއީގެ ރަށްވެހިން ދިރިއުޅެއެވެ.

ޔޫއޭއީ ނޫސް އެޖެންސީން ބުނިގޮތުގައި "މި ސިޓީގައި ހިމެނެނީ ހަތަރު ޒޯނެއް-- ހިންދު 1، ހިންދު 2، ހިންދު 3، އަދި ހިންދު 4 އަދި އެއީ 83.9 ކިލޯމީޓަރުގެ ސަރަހައްދެއްގައި އޮންނަ ސިޓީއެއް،" ކަމަށެވެ.

ހިންދު ސިޓީ ގުޅުވާލާފައި ވަނީ އެމިރޭޓްސް ރޯޑްއާއި ދުބާއީ-އަލް އައިން ރޯޑާއި ޖަބެލް އަލީ-ލެހްބާބު ރޯޑް މެދުވެރިކޮށެވެ.