ފަލަސްތީނުގެ އުޅަނދުތަކަށާއި ގެތަކަށް ގެއްލުން ދިނުމުގެ ބަދަލެއްގެ ގޮތުގައި ފަލަސްތީނު މީހުން ވަނީ ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިންގެ ކާރެއްގައި ރޯކޮށްލައި ގެއެއްގެ ފާރުގައި އެމީހުންނާ ދެކޮޅު ޝިއާރުތައް ލިޔެފައެވެ. ހުޅަނގު އައްސޭރީގެ ނާބުލުސްގެ ކައިރީގައި އޮންނަ ޖާލޫދު އަވަށުގައި މިކަން ކޮށްފައި ވަނީ ތިން މީހުން ކަމށް ސެކިއުރިޓީ ކެމެރާތަކުން ދައްކައެވެ. ފާރުގައި ޔަހޫދީންނާ ދެކޮޅަށް ލިޔެފައިވާ ލިޔުމުގައި ބނެފައި ވަނީ "ޔަހޫދީން ނޭ! ހޭލާށެވެ!"

އޭގެ އިތުރުން ހުލަނގު އައްސޭރީގެ ހުވާރާގައި ޔަހޫދީން ވަނީ ފަލަސްތީނު މީހުންގެ ފިޔާރަތަކުގައި ހުޅު ޖަހައި ކުޑަ ދޮރުތައް ތަޅާފައެވެ. އެމީހުން އެތަނުން ފެއަށް ދިޔައީ ފަލަސްތީނު މީހުން އޮށްގަލުން ހަމަލަ ދޭން ފެށުމުންނެވެ.

ޖެނުއަރީ މަހުގައި އިޒްރޭލުން ވަނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކަށް މީހަކު މަގުން ފަލަސްތީނު މީހުން ޝަހީދުކޮށްފައެވެ.