ހދ. ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތިންދުވަހަކަށް ވެފައިވަނިކޮށް ޓާފްތަކުގައި ރޯކޮށްލައިފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްވެސް ލިބިފައިވާ ކަމަށެވެ. އެއީ އެރަށުގެ ތަރައްގީ ހުރަސް އެޅުމަށް ބަޔަކު ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެއެތައް ގޮންޖެހުންތަކާއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފައި. އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.