އދ. މާފުށިވަރު ރިސޯޓުކައިރީގައި ބޮައެއް އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް އިއްޔެ ނިޔާވި ނިޝާހު އަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދެންމެ ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ "އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް. އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި،" ކަމަށެވެ.

ޢުމަރުން 18 އަހަރުގެ ނިޝާހު ބޮއިއަޅަން އުޅެނިކޮށް ހާލުދެރަވެގެން، ގެންދިޔައީ މަހިބަދޫ ހޮސްޕިޓަލަށެވެ. އެތަނަށް ގެންދިޔުމަށްފަހު ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަަމުންދަނީ ވަނީ ނިޔާވެފައެވެ. ނިޝާހަކީ ރ. އިނގުރައިދޫ، ކުއްޖެކެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައެވެ.