އެމްޓީސީސީ، އާރުޓީއެލް ބަސް ދުއްވާ ޑްރައިވަރުންގެ ތެރެއިން އަލަށް ބަސްދުއްވަން ފެށި ޑްރައިވަރުންނަށް "ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ" ޕްރޮގްރާމެއް ފުލުހުން ހިންގައިފިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމު ހިިންގާފައިވަނީ އިއްޔެއާއި މިއަދު ކަމަށެވެ. މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި ބަހުގެ ޚިދުމަތްދިނުމާ ބެހޭ ގަވާއިދު ޑްރައިވަރުންނަށް ބުނެދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ބަސް ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު އުޅަނދު ދުއްވާނެގޮތުގެ މައުލޫމާތު ވެސް ފޯރުކޮށްދީފައިވެއެވެ. އަދި ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ.

މި ޕްރޮގްރާމްގައި 10 ޑްރައިވަރުން ބައިވެރިިވި ކަމަށް ފުލުހުން ބުންޏެވެ.