މާލޭ ސިޓީކައުންސިލުން ގދ. ފަރެސްމާތޮޑާ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މާލޭ ސިޓީކައުންސިލް އިދާރާގައެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވީ މިއީ ކައުންސިލްތަކާ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ދެ ކައުންސިލް ގުޅިގެން ކުރެވިދާނޭކަން ކަމާބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެ މަޝްވަރާއަށްފަހު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވެސް ވަނީ އެއްބަސްވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ފަހުމުނާމާގައި އެއްބަސްވެފައިވަނީ ކޮންކަންތަކަށް ކަމެއް އެނގިފައެއް ނުވެއެވެ. އަދި އޭގައި ސޮއިކުރާ ދުވަހެއްވެސް އެނގިފައެއް ނުވެއެވެ.
މާލޭ ސިޓީކައުންސިލުން ގެންދަވަނީ އެހެން ކައުންސިލްތަކާ ގުޅުން ބަދަހިކޮށް އެކުވެރިކަމާއެކު ކަންކަން ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.