ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައި ބާއްވަމުން ގެންދާ މުޒާހަރާތައް ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޕީޕީއެމްގެ ސްކްރެޓަރީޖެނެރަލް މުހައްމަދު ތަލާލް ވިދާޅުވެއްޖެއެވެ.

އެ މުޒާހަރާތައް ކުރިއަށް ގެންދާނޭ މުއްދަތާ ބެހޭގޮތުން ސުވާލު ކުރުމުން ތަލާލް ވިދާޅުވީ އެމުޒާހަރާތައް ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ކޮންމެރެއަކު ކަހަލަ ގޮތަކަށް ބާއްވަމުން ގެންދާ މުޒާހަރާގައި ސަރުކާރަށް ގޮވާލުމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް" ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް އެމަނިކުފާނު މިނިވަން ކުރެއްވުމަށެވެ. އެމަނިކުފާނަކީ ޕްރޮގްރެސިވިލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓު ކަމަށާއި އެހެން ކަމުން އިތުރު ދުވަހަކަށް އެމަނިކުފާނު ޖަލުގައި ބަހައްތަން ނުޖެހޭކަމަށްވެސް މުޒާހަރާގައި އަންނަނީ ގޮވާލަމުންނެވެ. އަދި ސަރުކާރުގެ އިސްވެރީންގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެހެން އިސްބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން މުޒާހަރާތައް ކުރިއަށް ގެންދާނޭކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވުމެއްގައި ރައީސް ޔާމީގްގެ ގާނޫނީވަކީލުންގެ ޓީމުން ވިދާޅުވީ އަންނަ މާރިޗުމަހު ރައީސް ޔާމީން މިނިވަންވާނޭ ކަމަށެވެ.