އެސްޓީއޯ މަކިޓާ ޝޯރޫމްއާއި ނިޕޯން ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށްޓަވައިދެއްވީ ޖެނެރަލް މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާނެވެ.

ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން އެޕްރީލް 29 ވަނަ ދުވަހަށެވެ. އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލަށް ކަމަށްވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.

ލަކީ ޑްރޯ އެއް ކުރިޔަށްދާނެ

- އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް

- އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް

- އަދި ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންވާނެއެވެ.

އިނާމަކީ ކޮބާ؟

- އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބިވަަޑައިގަންނަވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ.

- ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަށް ވެސް ލިބިވަަޑައިގަންނަވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ.