މާލޭސިޓީކައުންސިލުން ސްޓެލްކޯއަށް އެކާވީސް މިލިއަނަށްވުރެ ގިނަރުފިޔާގެ ކަރަންޓު ބިލް ނުދައްކައި އެބައޮތް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފައިސާ ވީހާވެސް އަވަހަށް ދެއްކުމަށް ސިޓީކައުންސިލަށް ގޮވާލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެފައިސާ ނުދައްކަވައި ތިއްބަވައިގެން އެކިވާހަތައް ދެއްކެވުމުގެ ބޭނުމެއްނެތް ކަމަށެވެ. އެގޮތަށް ފައިސާ ތާށިވެފައިހުރުމުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތަކަށް ވެސް ބުރޫއަރާ ކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކުރިން ސޯޅަ މިލިއަން ރުފިޔާގެ ޕެންޑިންއެއް އޮއްވައި އެފައިސާ ދެއްކުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. އެއްބަސްވުމުގެ ދަށުން އެ ފައިސާ ހަތް ޕޭމަންޓަކަށް ބަހައިގެން ދައްކަންޖެހުނަސް އަދިވެސް އު ނުދައްކާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފައިސާ ނުދެއްކުމުގެ ސަބަބުން މިހާރު އެ އަދަދު އެކާވީސް މިލިއަން ފަހަނަޅާ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ސިޓީކައުންސިލުން ވިދާޅުވެފައިވަނީ އެ ތަނުން ކަރަންޓު ބިލް ދައްކަމުން ދަނިކޮށް ޕާކުތަކައި އާންމު ރައްޔިތުންނަށް ޚިދުމަތްދޭ އޮފީސްތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ.
ޝަރީފް ވިދޅުވީ ފައިސާ ދެއްކުމުގެ ބަދަލުގައި ސިޓީކައުންސިލުން މަސައްކަތްކުރައްވަނީ ސްޓެލްކޯއަށް ޖެއްސުން ކުރަން ކަމަށެވެ.
ދައްކާނެކަމެއްނެތް ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއް ފުރަތަމަކަމަކަށް ދިރާގު އުރީދޫފަދައިން ތަންތަނުގެ ބިމުކުލި ދައްކަންޖެހޭނީ ކައުންސިލްތަކުންވެސް ކަރަންޓްބިލުގެ ފައިސާ ދައްކާނެކަމެއްނެތް