ޢައްޒާއަށް އިޒްރޭލުން މިއަދު ފަތިހު ބޮން އަޅައިފިއެވެ. އިޒްރޭލުން ބުނިގޮތުގައި ވައިުގެ ހަމަލާތައް ދީފައި ވަނީ ހަމާސްއިން ރޮކެޓް ހެދުމަށްބޭނުން ކުރާ ފެސިލިޓީތަކަށާއި އެެމީހުންގެ ކެމިކަލް ގުދަންތަކަށް ކަމަށެވެ. ފަލަސްތީނުގެ މީޑިއާއިން ބުނިގޮތުގަިއ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސިދްރޫތް ސަރަހައްދަށެވެ.

އިޒްރޭލުން ހަމަލަ ދިނުމުގެ ކުރިން ހަމާސްއިން ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލަތަކަށް ބަދަލު ހިފުމަށް އިޒްރޭލަށް ދެ ރޮކެޓުން ހަމަލަ ދީފައެވެ. ޒަޔަނިސްޓް މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުގެ ދިފާއީ ނިޒާމުން ވަނީ އެ ދެ ރޮކެޓް ވައްޓާލާފައެވެ.

އިޒްރޭލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ 13 ރަބީއުގެ ޒުވާނާ ދިން ބަޑީގެ ހަމަލާގައި އަނިޔާވި އިޒްރޭލު ސިފައިންގެ މީހާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.