އެތެރޭގެ ދަތުރުތަކަށް އުދުހޭ ބޯޓަށް ބަރޯސާވާ އެމެރިކާގައި ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގެ ދަތުތައް ފެށުމަށް ނިންމައިފިއެވެ.

މި ރޭލްގައި ބޭނުން ކުރަނީ ޖަޕާނުގައި ބޭނުންކުރާ ވައްތަރުގެ ޝިންކަންސެން އިންޖީނެވެ.

އެމެރިކާގެ ހައިސްޕީޑް ރޭލު ފެށުމަށް ނިންމީ ޓެކްސަސް ސްޓޭޓުންނެވެ. ޑަލަސްއާއި ހިއުސްޓަން ހައިސްޕީޑް ރޭލުން ގުޅުވާލެވޭ އިރު ގަޑިއަކު 322 ކިލޯ މީޓަރަށް ދަތުރުކުރާ މިރޭލުގައި މިހާރު ހަތަރު ގަޑިއިރުން ކުރާ ދަތުރު 90 މިނެޓަސް ކުރު ވެގެންދާނެއެވެ.

މި ދޭތެރޭގެ ޜާސްތާއަކީ 386 ކިލޯ މީޓަރެވެ.

20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތް 2021 ގައި ފަށައި ހަތް އަހަރު ތެރޭ ނިންމާ ލެވޭނެކަމަށް ވެއެވެ.