އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ދަރި، ޔާއީރް ނަތަންޔާހޫ (ފޮޓޯ ކަނާތް ފަރާތުގައި) ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އޭނާ ވަނީ ޒުވާން އަންހެނެއްގެ ފޮޓޯ މިސްމީޑިއާއަށް ލައި އެ ކުއްޖާއަކީ، އިދިކޮޅު ނޭޝަނަލް ޔުނިޓީ ޕާޓީގެ ލީޑަރު ބެނީ ގޭންޓްޒްގެ ލޯބިވެރިޔާ (ފޮޓޯގެ ވާތް ފަރާތުގައި) ކަމަށް ބުނެފައެވެ. އޭގެ އިތުރުން ނަތަންޔާހޫގެ ދަރި، އެ ޒުވާނާއަށް ޖިންސީ ފުރައްސާރަ ކުރުމުން އޭނާ ވަނީ ދެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ކޯޓުގައި ޒުވާނާ ބުނެފައި ވަނީ އޭނާ މައސަލަ ކޯޓަށް ވެއްދުމުން ނަތަންޔާހުގެ އާއިލާއާއި އައުލާދުން ވަނީ އޭނާއަށް ޖެއްސުންކޮށް ފުރައްސާރަ ކޮށްފައި ކަމަށެވެ.

މީގެ ކުރިން ކޯޓުން ވަނީ ނަތަންޔާހޫގެ ދަރި އަތުން އެ އަންހެން މީހާއަށް ދޮޅު ހާސް ޑޮލަރުގެ ބަދަލެއްވެސް ނަގައި ދީފައެވެ.