ޔުކްރެއިންގައި ހިނގަމުންދާ ކުލީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިޒްރޭލުން ޔުކްރެއިންއަށް ހަތިޔާރު ނުދިނުމަށް މޮސްކޯއިން އިޒްރޭލަށް އިންޒާރު ކޮށްފިއެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައި ވަނީ އިޒްރޭލުން ކިޔެވްއަށް ދޭ ހަތިޔާރަކީ، ހަމަލަ ދިނުމަށް ހުއްދަ އަމާޒުފަތްގަނޑުތަކެއް ކަމަށް މޮސްކޯއިން ބަލާނެ ކަމަށެވެ.

ޔުކްރެއިން ދަނީ އަބަދވެސް ހަތިޔާރާއި ފައިސާއަށް ހުޅަނގުގައި އެދެމުންނެވެ. ހުޅަނގުން ވަނީ ޓޭންކުތައް ޔުކްރެއިންއަށް ދިނުމަށް އެއްބަސްވެފައެވެ. އަދި ބައެއް ގައުމުތަކުން ދަނީ އެމީހުންގެ ހަތިޔާރު ގުދަން ސާފުކޮށް އައު ހަތިޔާރު ހޯދުމަށްތަކައި ޔުކްރެއިންއަށް ސަޕްލައި ކޮށްދެމުންނެވެ.

ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ކުރިއަރާފައިވާ އެފް16ގެމަތިން ދާބޯޓްތައް ޔުކްރެއިންއަށް ނުދޭނެ ކަމަށް ބުނެފައެވެ.

އެއާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޮން ވަނީ ކުރިއަރާފައިވާ މީރާޖް ހަނގުރާމަ މަތީ ބޯޓުތައް ފްރާންސުން ޔުކްރެއިންއަށް ދެވިދާނެ ކަމަށް ބުނެފައެވެ. މިއަދުގެ ވަގުތެއްގައި އިޒްރޭލުގެ ނަތަންޔާހޫ ޕެރިހަށް ޒިޔާރަތް ކުރާއިރު މި މައްސަލާގައި ދެފަރާތުން ވާހަކަ ދައްކާނެ ކަމަށް ބެލެވެއެވެ.

ޔުކްރެއިންއަށް ހަތިޔާރު ދިނުމަށް އިޒްރޭލުން ވާހަކަ ދައްކަނީ އެެހގެން މަގްސަދެއް ހާސިލު ކުރުމަށެވެ. އިޒްރޭލުން ބުނަނީ އީރާނަށް ފިއްތުމަށްޓަކައި ސޫރިޔާގައި އީރާނުން ހަރަކާތްތެރިވާ މަރުކަޒުތަކަށް ބޮން އެޅުމަށް މޮސްކޯއިން އޒްރޭލަށް ހުއްދަ ދޭން ވނެ ކަމަށެވެ. ނަމަވެސް ސޫރިޔާގައި ވައިގެ ދިފާއު ބަލަހައްޓާ ރަޝިޔާއިން އިޒްރޭލުން އެފަދަ ފުރުސަތެއް ނުދެއެވެ.