ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުން ހެއްކާ ބެހޭ ގާނޫނަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމު އޮތީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައެވެ.

ޖަނަވަރީ 31 އަދި ފެބްރުއަރީ އެއްވަނަ ދުވަހާހަމައަށް ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހެއްކާ ބެހޭ ގާނޫނުގައި ހުރި ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި މާއްދާތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކޮށްފައއިވާކަމަށާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ. ރ. ބ އަދި ޅ. އަތޮޅު ކޮމާންޑަރުންނާއި އެ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓީމް ލީޑަރުންން ބައިވެރިވެއެވެ. އަދި ފްރަންޓް ލައިން އޮފިސަރުން ހިމެނޭހެން 79 ފުލުހުންނާއި އެ ހަތަރު އަތޮޅުގެ ޕީޖީ ގޮފީގެ ހަތް ޕްރޮސެކިއުޓަރުންވެސް މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.

ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޓްރެއިނަރުންނާއި ހައިކޯޓުގެ ރިޓަޔަރޑް ޗީފް ގާޒީ ހާޠިފް ހިލްމީ އާއި ޔޫއެސް ޑީއޯޖީ ރެޒިޑެންޓް ލީގަލް އެޑްވައިޒަރ ޔޭ-ޓިންގްވޫއެވެ.