ސޮލީބީންނާ ދެކޮޅަށް ތުރުކީއަށް ކޮށްލެވުނު ވަރު ކޮށްލެވުނު އަރަބި އަދި އިސްލާމީ ގައުމެއް ނެތެވެ. ތުރުކީގެ ވެރިރަށް އަންކަރާގައި ވާހަކަ ދައްކަވަމުން ތުރުކީ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ވިދާޅުވީ ތުރުކީން އިންޒާރު ދިނުމަށްފަހު ނޯވޭގައި ކީރިތި ޤުރުއާން އަންދާލުން ހުއްދަ ކުރި ކުރުން މިހާރު ކެންސަލް ކޮށްފި ކަމަށެވެ.

ޔޫރަޕްގެ ނަސާރާ ސޮލީބީން ބަރިބަރިއަށް މިނިވަން ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކީރިތި ޤުރުއާން އަންދަމުން ދިއުމުންނާއި އެންދުމަށް ނިންމުމުން ތުރުކީން ވަނީ އެކަމާ ދެކޮޅަށް ގަދައަލައި މަސައްކަތް ކޮށްފައެވެ.

މިއަދު ތުރުކީން ވަނީ ނޯރވޭއިން އެގައުމަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޚާރިޖީ ވުޒާރާއަށް ގެނަސް އިހުތިޖާޖު ކޮށްފައެވެ. އެއާއެކު ނޯރވޭއިން ޔަގީންކަން ދީފައި ވަނީ އެގައުމުގައި ކީރިތި ޤުރުއާން އަންދާލުމަށް ފުލުހުން ދީފައިވާ ހުއްދަ ބާތިލުކޮށްފައިވާނެ ކަމަށެވެ.