އެމެރިކާގެ ޖާސޫސީ އިދާރާއ ސީއައިއޭން ސިއްރު ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅުނު ޕާކިސްތާނުގެ އަސީރަކު ގުއަންޓަނާމޯ ބޭއިން ބެލީޒްއަށް ބޭރުކޮށްލައިފިއެވެ. ސައޫދީ އަރަބިއްޔާއަށް އުފަން ޕާކިސްތާންގެ މާޖިދު ޚާން ވަނީ 20121 ގައި އެމެރިކާގެ ކޯޓެއްގައި އެމެރިކާގެ ޖާސުސީ އިދާރާ ސީއައިއޭން އޭނާއަށް އަނިޔާ ކުރި ގޮތްތައް ކިޔައި ދީފައވެ. ޚާނަކީ އެމެރިކާގެ އެޖެންޓުންގެ އަނިޔާތަކާ ބެހޭ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ޝަރީއަތުގައި މައުލޫމާތު ދިން އެންމެ ހައި ޕްރޮފައިލް އަސީރެވެ.

އެމެރިކާގެ ސިފައިންނާއި އެމެރިކާގެ ޖާސޫސީ އިދާރާގެ އެޖެންޓުންނަކީ އަސީރުންނަށް އަނިޔާ ކުރުމުގައި އަރާތިބި ބައެއްކަން އަބޫޣުރެއިބުގައި މުސްލިމު އަސީރުންގެ ގަޔަށް ހީސްލައި އޮރިޔާމުން ބައިތިއްބައި ގުނަވަންތަކާ ކުޅެ އިހާނެތިކޮށް ހިތި މައްސަލައަކީ ދުނިޔޭގެ މީޑިއާގައި ރިޕޯޓް ކޮށް އެމެރިކާގެ އުސޫލުތައް ބޭޒާރު ވެގެން ދިޔަ މައްސަލައެކެވެ.

11 ސެޕްޓެމްބަރަށް ފަހު އެމެރިކާއިން ޝިކާރަ ކުރި މުސްލިމުން ކަށިނަރު ދަމައިގެން ބަންދުކޮށްގެން އަނިޔާ ކުރި ގުއަންޓަނާމޯ ބޭގެ ޖަލުން ޚާން ބެލީޒަށް ފޮނުވާލިއަސް އެތާގައި އަދިވެސް ވޭންދެނިވި އަނިޔާގައި 34 މުސްލިމުން އެބަތިއްބެވެ.