ހުޅަނގު ނާބުލުސްގައި ދުއްވާފައި ދިޔަ ކާރަކުން އައިސް ޔަހޫދީ ވަޒަންވެރިއަކު ވަނީ ފަލަސްތީނުގެ އުމުރުން 14 އަހަރުގެ ކުއްޖެއްގެ ލޮލަށް ކަރުނަގޭސް ޖަހާފައެވެ. އެކުއްޖާގެ ބައްޕަ ސުލައިމާން އަލްމުޚުތާރު ބުނީ ޔަހޫދީ ވަޒަންވެރިޔާ އެ ނޭއްގާނި އަމަލު ހިންގާފައި ވަނީ އެއްވެސް ހައްގަކާ ނުލައި ކަމަށެވެ.

ޔަހޫދީންނަށް މިހާރު ހަމަލަ ދޭ ފަލަސްތީނު މީހުންނަކީ ވަކި ޖަމާއަތަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އަދި މިހާރު ދެވޭ ހަމަލަތައް ދެމުން ދަނީ އެއްވެސް ވިލަރެސް ކުރުމަކާއި ނުލައި އުމުރުން ޒުވާަން ފުރައިގެ ކުދިންނެވެ. އެކަމާ ގުޅިގެން ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިންނާއި ޒަޔަނިސްޓް ސިފައިންގެ މެދުގައިވެސް ނުތަނަސްކަން އުފެދިފައި ވެއެވެ.

ޖަނަވަރީ މަހު އެކަނިވެސް ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް 150 ހަމަލަ ދީ މުދަލާއި ޖާނަށް ގެއްލުން ދީފައި ވެއެވެ.