އިރުމަތީ ފަލަސްތީނުގައި ރޭލެއް ބަންޑު ޖަހާލުމުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެކަމަކު މިއީ އަސްލު ފަލަސްތީނުގެ އިރުމަތީ ސަރަހައްދުގެ ތަނެއް ނޫނެވެ. މިއީ އެމެރިކާގެ އޮހާއޯގައި އޮންނަ އިރުމަތީ ފަލަސްތީނު ނަމަކަށް ކިޔާ ޓައުނެކެވެ.

މިހިސާބުގެ ތަންތަނަށް ނަން ދީފައި ވަނީ އިންޖީލުގައި އައިސްފައިވާ ނަންތަކުން ކަމުން ފަސްހާސް މީހުންގެ އާބާދީއެއް އޮންނަ ކުރީގެ މެކެނިކްސްބަރގްގެ ނަން 1875ގައި އީސްތް ޕަލެސްޓައިންގެ ނަމަށް ބަދަލު ކޮށްފައި ވަނީއެވެ.

އެމެރިކާގެ އޮހާއޯގެ މި ޓައުންގައި ރޭލް ބަންޑުން ޖަހާލުމުން ރޯވި އަލިފާންގަނޑުގެ ސަބަބުން މޭލެއްހައި ސަރަހައްދުގައި އުޅޭ މީހުންވެސް ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނެވެ.