ޕާކިސްތާންގައި މަސައްކަތުގައި އުޅޭ ޗައިނާ ކުންފުނިތަކުން އަމިއްލަ ހަށިފާރަވެރިން ގެންގުޅުމަށް ޕާކިސްތާނުން އަންގައިފިއެވެ. ޕާކިސްތާނުން އެގޮތަށް ނިންމާފައި ވަނީ ޕެޝަވާރުގެ ޕޮލިސް ލައިންސްގައި ހުރި މިސްކިތެއްގައި ޖާނު ގޮއްވާލައިގެން ތާލިބާން ޓެރަރިސްޓަކު ދިން ހަމަލާގައި ސަތޭކައަށް ވުރެން ގިނަ ފުރާނަ ގެއްލުމާ ގުޅިގެންނެވެ.

ޑޯން ނޫހުން ރިޕޯޓް ކުރިގޮތުގައި ޗައިނާގެ އަމިއްލަ ފަރާތްތަކުންވެސް އަމިއްލަ ސެކިއުރިޓީ ގެންގުޅުމަށްވެސް ވަނީ އަންގާފައެވެ.

ޕަންޖާބުގެ ސަރުކާރުން އަންގާފައި ވަނީ ޗައިނާ މީހުން ސެކިއުރިޓީ ހޯދާއިރު އޭ ކެޓަގަރީގެ ރައްކާތެރިކަން ދެވޭ ފެނަވަރުގެ މީހުްނ ހޯދުމަށްކަށްވެސް ނޫހުގައި ބުނެފައި ވެއެވެ. ޑޯން އިން ބުނިގޮތުގައި އެގޮތަށް ނކިންމާފައި ވަނީ ހަފްތާ ބަންދުގައި ޕަންޖާބް ޕްރޮވިނސްގައި ސަލާމަތީ ކަންކަން މުރާޖައާ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޗްވަރާ ކުރުމަށްފަހުއެވެ.

ޕާކިސްތާންގެ މުހިންމު އެކި މަޝްރޫއުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ސަލާމަތަށް ހާއްސަ ޔުނިޓެއްގެ ގޮތުގައި 2014 ވަނަ އަހަރު ޕަންޖާބު ސަރުކާރުން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) އެއް ގާއިމް ކުރިއެވެ. އޭގައި މަތީ ފެންވަރުރގެ 3337 މަތީ ފެންވަރުގެ ފުލުހުން ބައިވެރި ކޮށްފައި އޮތެވެ. ނަމަވެސް މިހާރު ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ފުލުހުންގެ ރިސޯސްވެސް ވަނީ އެހެން ދިމަދިމާއަށް ރުކުރުވާލެވިފައެވެ.