ޕާކިސްތާންގެ ތަހުރީކޭ ތާލިބާން ޖަމާއަތުން ކުއެޓާ ޕޮލިހުންގެ އާއިލާތައް ދިރިއުޅޭ ސަރަހައްދަށް ހަމަލަދީފިއެވެ. ފުލުހުން ބުނީ ބޮން ގޮއްވާލުމުގެ ހާދިސާގައި ފަސްމީހަކު ޒަޚަމްވެފައިވާ ކަމަށެވެ.
ޒަހަމްވި މީހުން ވަނީ ކުއެޓާގެ ސިވިލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޕާކިސްތާންގެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހްރީކޭ ތާލިބާނުން ވަނީ އެ ހަމަލާއަށް ޒިންމާ އުފުލާފައެވެ.
ޕާކިސްތާނުން ވަނީ ތަހުރީކޭ ތާލިބާންގެ ހަމަލަތައް އިތުރު ވުމާ ގުޅިގެން އަފްޣާން ތާލިބާނުން އެމީހުންނާ ވާހަކަ ދެއްކުމަށް އެހީއަކަށް އެދިފައެވެ.