ފަލަސްތީނު މީހުން ބަންދުކޮށްފައި ބައިތިއްބާ ޖަލުތަކުގައި ޔަހޫދީ އަންހެން ސިފައިން ގާޑުންގެ ގޮތުގައި ނުގެންގުޅުމަށް އިޒްރޭލުގެ ދިފާއީ ވުޒާރާއިން ޖަލުތަކަށް އަންގައިފިއެވެ.

އިޒްރޭލުން އެގޮތަށް ނިންމާފައި ވަނީ ޖަލުތަކުގައި ފޯރިއަށް ބައިތިއްބާފައިވާ އަންހެން ގާޑުން ފަލަސްތީނުގެ އަސީރުންނާއެކު ޖިންސީ ގުޅުން ހިންގައި އެމީހުންނަށް ޖިންސީ ބޭނުންތައް ލިބިގަތުމުގެ މުގާބިލުގައި ކަންކަން ފަހިކޮށް ދެމުން ގެންދިއުމުގެ ފަޟީހަތެއް ބޭޒާރު ވުމާ ގުޅިގެންނެވެ.

އިޒްރޭލުގެ ދިފާއީއީ ވުޒާރާއިން ވަނީ މިދިޔަ ސަރުކާރުގައި ބެނީ ގޭންތްސް ދިފާއީ ވަޒީރަކަށް ހުރިއިރު މި މައްސަލަ އާންމު ސަމާލުކަމަށް އައުމުން އެކަން ދިރާސާކޮށް އެކަމާ ގުޅޭ ރިޕޯޓެއް އެކުލަވާފައެވެ.

މިހާރުގެ ސަރުކާރުގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ އަންހެން ގާޑުންނަށް ފަލަސްތީނު އަސީރުން ނުފެންނަ ގޮތަށް ގެންގުޅުމުގެ ކަންކަން ހަމަޖައްސަން ހަ މަސް ނަގާނެ ކަމަށެވެ. އެއަށްފަހު އަންހެން ގާޑުން ވަޒީފާ އަދާ ކުރަން އުޅޭނީ އަސީރުން އަތު ނުޖެހޭ ހިސާބުގައެވެ.