ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީ އެއަރޕޯރޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ މިހާރު ކުރިއަށްދަނީ އެރަށު ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތާއި ބެޑް ޕްރިޕަރޭޝަން މަސައްކަތްތައްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 882 މީޓަރުގެ ސަރަޙައްދެއްގައި، ރިވެޓްމެންޓް ޖެހުން 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން، އެމްޓީސީއަށް ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢަކީ 39.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.