ކޮންފަޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ވަފްދަކާ ސްޓެލްކޯއިން މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަތީފެވެ. އޭނާއާއެކު ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.

ސްޓެލްކޯއިން ބުނީ މި ބައްދަލުވުމުގައި ވަނީ އިޔާދަކުރެނިވި ހަކަތައާއި، ފެނާއި ނަރުދާމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ. އޭގެ އިތުރުން ދެ ފަރާތުގައިހުރި އިތުރު ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އިންޑިއާގެ މި ވިޔަފާރިވެރީން ވަނީ ފެނަކައާއި އަދި އެފަދަ އެހެން ކުންފުނިތަކާވެސް ބައްދަލުކޮށް ދެފަރާތުގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.