ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުވުމުގެ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ގެންދެވުނު ސެޝަނެކެވެ. މި ސެޝަން ގައި ސާވިކަލް ކެންސަރަށް އަހުލުވެރި ކުރުވުމާއި އެއާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދެވުނެވެ. މިއީ ސިލްސިލާކޮށް އެކުންފުނިން ކުރިއަށް ގެންދާ ކަމެކެވެ.
އެންމެ ފަހުގެ ކެންސަރާ ބެހޭ ދިރާސާތަކުގައި ރާއްޖޭގައި ރަހިމުގެ ކެންސަރު ޖެހޭ މިންވަރު އިތުރުކަމަށާއި އަދި އެންމެ ގިނައިން ފަރުވާ ދެވިފައި ވާ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައިވެސް ރަހިމުގެ ކެންސަރު ހިމެނޭ ކަމަށް ވެއެވެ.