ސިނަމާލޭ ބްރިޖު ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަށް އަނިޔާތަކެއް ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ސިނަމާލެ ބްރިޖުމަތިން ސައިކަލަކާއި އެސްޔޫވީ ކާރެއް ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ފިރިހެނަކަށް މިހާރު ގެންދަނީ އައިޖީއެމްޗުގައި ފަރުވާދެމުން ކަމަށެވެ. އެމީހާގެ ހާލު ނާޒުކު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް އައިޖީއެމްއެޗުން ވެސް އަދި ފުލުހުންވެސް ނުދެއްވައެވެ. އެހެންނަމަވެސް އެއީ ހުވަދުއަތޮޅު ރަށަކަށް ނިސްބަތްވާ މީހެއްކަމަށް ވެއެވެ.