ރައްޔިތުންނަށް ޒަމާނީ ފަސޭހަތައް ހޯދައިދީ ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓްތައް މާދަމާ ހަދާނޭ ކަމަށް އެކުންފުނީން ބުނެފިއެވެ. އެމަސައްކަތަށް މާދަމާ ހެނދުނު ހެނދުނު 6:00 އާއި 6:30 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 މިނުޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މާލެއިން ޚިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅިއާއި، ދޮނަދަރާދަ ހިނގުމުންނެވެ.

ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ، ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުންނެވެ. އެވަގުތު ތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކުރިއާލާ މާފަށް އެދިފައެވެ.