ވައްކަމުންގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހާ އަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ހދ. ކުޅުދުއްފުށި، ލަންދޫގެ، ޢަބްދުﷲ ޢިބްރާހީމް (36އ) އެވެ.

މިމީހާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 10:00 އަށް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.