އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް "ސްވީޓް ސަޕްރައިޒް" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ޚާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ.
މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެ އެވެ.
ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވުމަށް
1. މޫލީ ފިހާރައަށް ޒިޔާރަތްކުރުން www.moolee.mv
2. ޝޮޕް ހިޔާރުކުރެއްވުމަށްފަހި SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
3. ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލައްވާ.
4. ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
5. ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
6. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ
ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ 2023 ގެ ނިޔަލަށެވެ. މޫލީ އިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވަރކޮށްލެވޭނެއެވެ.