ފުލުހަށް ހުށަހަަޅައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ބަނގްލަދޭޝްގެ ރައްޔިތަކު ހޯދަން އިއުލާން ކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ފުލުހުން ހޯދަމުން ދަނީ ޝަހީދުލް ޙައްޤު، ބަންގްލަދޭޝް (41 އެވެ. އޭނާ ހޯދަން އިއިލާން ކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި ސްޕޮންސަރ އަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކީ ގުޅިގެން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެހެނަސް އާނާ ހާޒިރު ކުރަނީ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ހާޒިރުވާން ޖެހެނީ މިމަހު 19 ވަނަ ދުވަހު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. ހާޒިރުވާން ޖެހޭ ގަޑިއަކީ 10:00 އެވެ.