އީ-ޓުކުރި ހަލިފިހާރައިން ނޮވެމްބަރު މަހު ވިޔަފާރިކުރިކުރި މީހުންގެ ތެރެއިން އެމަހުގެ ނަސީބު ވެރިއަކަށް އަނޫޝާ ހަސަން ހޮވިއްޖެއެވެ. ނަސީބުވެރިއަކަށް އޭނާ ހޮވުނީ އެފިހާރައިން ނޮވެމްބަރުމަހު ވިޔަފާރިކުރި މީހުންގެ މެދުގައިނެގި ގުރުއަތުންނެވެ. މިއަދުނެގި ގުރުއަތުލުމުގައި ނަސީބުވެރިއަކަށް ހޮވުނު އަނޫޝާގެ އޯޑަރ ނަންބަރަކީ ORD000895

ނޮވެމްބަރު މަހުގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ހަލި ފިހާރައިން ވިއްކާ ކިޔުވީ ގެ އުފެއްދުންތަކެކެވެ.

އީޓުކުރި ޕްލެޓްފޯމަކީ ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ ނުވަތަ ވިއްކާ މުދާ ރާއްޖޭގެ އެކިހިސާބުތަކަށް ގެންގޮސްދިނުމުގެ މަސައްކަތްކޮށްދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކުދަނީ ވިޔަފާރި ކުރަމުންނެވެ.