މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 22:05 ހާއިރު ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ވެސް ބިދޭސީއެކެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީއަކަށް ހަމަލާދީފައި ވަނީ މާފަންނު ފިޔާތޮށި ގޯޅީގައި ކަމަށެވެ. އަދި ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.