އުމުރުން ފަސް އަހަަރާއި އެގާރަ އަހަރުގެ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ އެ އުމުރުފުރައިގެ ކުދިންނަށް ދޭނެ ފައިޒަރ ވެކްސިން މިހާރު ރާއްޖެއަށް ވަނީ ލިބިފައި ކަމަށެވެ. އަދި ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދެއްވައިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
އެގޮތުން މިއަދުން ފެށިގެން އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ހެލްތްސެންޓަރުތަކުން ފައިޒަރ ވެކްސިން ލިބެން ހުންނާނެ ކަމަށާއި އަދި ބާރަ އަހަރުން މަތީގެ އުމުރުފުރައިގެ މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި ފައިޒަރ ވެކްސިން ދޭ ތަންތަނާއި ގަޑިތައް:
- އައި.ޖީ.އެމް.އެޗް ކޮންމެ އާދިއްތަ ދުވަހެއްގެ 09:00 އިން 12:00 އަށް
- ހުޅުމާލެ ހޮސްޕިޓަލް ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށް
- ދަމަނަވެށި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް
ރާއްޖެއިން މިހާތަނަށް 185،723 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.