އެންމެ ރީތިގޮތަކީ ދިވެހިރާއްޖޭގޭ ނާއިބު ރައީސް ފައިސަލް ނަސީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ޖުމްހުރީ ޕާޓީ (ޖޭޕީ) އިން ވަކިވުން ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ގެ އެޑުވައިޒަރު އަދި ދަގެތީދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މިދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިލްހާމް މިހެން ވިދާޅުވީ ނާއިބު ރައީސް ފައިސަލް ނަސީމާއި، އާދަމް އާޒިމް ޖޫމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދުކުރައްވަމުން ގެންދަވާތީއެވެ. އެ ދެ ބޭފުޅުން ވެސް ތިއްބެވީ ކޯލީޝަންގެ ތެރެއިން ޖޭޕީއަށް ލިބިފައިވާ ދެ ސްލޮޓުގައެވެ.

އިލްހާމް ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ޖޭޕީން މިހާތަނަށް ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. ވަކިގޮތެއް ނިންމާފައި ނުވަނީސް އެކި ޕްލެޓް ފޯމްތަކުގައި އެ ދެ ބޭފުޅުން ރައީސް ސާލިހަށް ތާއިދު ކުރައްވައި ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ވެފައިވަނީ ސިޔާސީ ހަޔާތްޕުޅުގައި ދެން އިތުރަށް ލިބިވަޑައިގަންންނަވާނޭ މޮޅެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތް ޕުޅުގައި ހުންނެވުން ކަމަށް ނާއިބު ރައީސް ވަނީ މީޑިއާގައި ވިދާޅުވެފައެވެ.