ނޭޕާލްގެ "އަރމީ ޑޭ ސެލަބްރޭޝަން 2023" ކޭމްޕްގައި ބައިވެރިވާ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރޕްސް ގެ ކެޑޭޓުންނާ، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ އެޑިއިކޭޝަން މިނިސްޓްރީގައެވެ.

މިމަހު 15އިން 26 ހާ ހަމައަށް ކުރިއަށް ދާ މި ކޭމްޕް އޮންނަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައެވެ.

މި ކޭމްޕުގައި 8 ކެޑޭޓުންނާއި އެއް އޮފިސަރަކު ބައިވެރިވެއެވެ.