ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 20 އިންސައްތަ ފުރިހަމަ ކުރެވިފައިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން އެކުންފުނިން ވިދާޅުވީ އެރަށުގެ ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުން
  • 220 މީޓަރު ރިވެޓްމެންޓް ޖެހުން
  • 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.