އެމްޓީސީސީއިން ކުރިއަށް ގެންދާ މ. މުލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޓީސީއިން އިތުރަށް ވިދާޅުވީ ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 33،888 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
  • 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
  • 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުން
  • 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުން
  • އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.

ސަރުކާރުގެ މި މަޝްރޫޢުއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.