މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރި ލެޓްވިއާގެ މީހާގެ ތަހުގީގަށް 15 ދުވަސް ޖަހަައިފިއެވެ.

49 އަހަރުގެ މިފިރިހެންމީހާގެ ބަނޑުން އޭނާ ދިރުވާލައިގެން ގެނައި 127 ބުލެޓް (1353ގްރާމް) ނަގާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މީހާ އަތުލައިގަތީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި އިމިގްރޭޝަން އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެދުވަހު އޭނާ ހައްޔަަރު ކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ކެޕްސޫލްގެ ބަރުދަނާއި އަދަދު ބަލައި، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދިރުވާލައިގެން އެތެރެކުރާ މީހުންގެ ހަށިގަނޑުން ޑްރަގް ބޭރުކުރަން އާންމުކޮށް ހޮސްޕިޓަލަށް ގެންދެވެއެވެ.