ޖުމްހޫރީޕާޓީ (ޖޭޕީ) ލީޑަރުކަމިގެ މަގާމަށް އެޕާޓީގެ މިހާރުވެސް ލީޑަރު މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް އިންތިޚާބު ވެއްޖެއެވެ.
އެމަނިކުފާނު އެމަގާމަށް އިންތިޚާބުވީ އެމަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ވޯޓަކަށް ނުގޮހެވެ. ޖޭޕީގެ މަގާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެއެވެ. މިކަން އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސާލިހު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެ ޕާޓީގެ ލިޑަރު ކަމަށް ގާސިމް ނޫން ބޭފުޅަކު ކުރިމަތި ލައްވައިފައި ނުވިޔަސް ޑެޕިޔުޓީ ލީޑަރު ކަމަށް 12 ބޭފުޅަކު ވަނީ ކުރިމަތި ލައްވައިފައެވެ. އެބޭފުޅުންނަކީ:
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢާއިޝަތު ނަހުލާ
- ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަން
- އައްޝައިޚް މޫސާ ނިޒާރު
- އަމީން އިބްރާހީމް
- ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު
- މުހައްމަދު އަހުމަދު (ހަނަފީ)
- އަލީ ހަމީދު
- ޔަޝްފާ އަބްދުލް ޣަނީ
- އިގްބާލް އާދަމް
- ޙަސަން މުޣުނީ
- އަބްދުﷲ އަހުމަދު
- އަލީ ޝާހު
މިބޭފުޅުންގެ ނަންތައް ޖޭޕީން ހާމަކުރައްވައިފައިވަނީ ކެންޑިޑޭޓު ނަންބަރ ތަރުތީބުންނެވެ. ޖޭޕީގެ ކޮންގްރެސް މިމަހު 24 އިން 25 އަށް ބޭއްވުމަށް އެޕާތީން ގެންދަނީ ތައްޔާރުވަމުންނެވެ.