އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށާއި އަދި، ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަވެސް މިހާރު ވަނީ ނިންމާލެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 52,271 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން
  • 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 40 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 156 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 186 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • އަދި މަގު ބައްތި ހަރުކުރުމާއި، 1,275 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 29.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.