އަންނަ އަހަރު ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެޗްޕީއޭ އަދި ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެގް ޓީމުގެ އިސްވެރިން ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ އަންނަ އަހަރު ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި އެކެއްގައި އެވެ. އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ފައުންޑޭޝަން ލެވެލްއިން ގްރޭޑް 12 އަށް ކިޔަވައި ދެމުން ދާއިރު މާލޭ ސިޓީގެ ސްކޫލްތަކުގައި މިއަހަރު ނިމުމާއި ހިސާބަށް ކިޔަވައި ދެމުން ދިޔައީ ގްރޭޑް 7-12 އަށެވެ.