އދ.ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު އިފްތިތާހުކޮށްފި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ، ފެނުގެ ހިދުމަތް ހަންޏާމީދޫގައި އިފުތިތާހުކޮށްފައިވަނީ 170 ކަނެކްޝަނާއެކު ކަމަށާއި ފެނުގެ ހިދުމަތް އިފުތިތާހުކުރުމާއެކު އެ ހިދުމަތަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އަދި މި މަސް ނިމެންދެން ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނު ފެން ހިލޭ ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މި ހިދުމަތް އިފުތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލުގެ ރައީސް މޫސާ ނަޒީމެވެ.

މި މަޝްރޫއަކީ 22.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ