ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފްރާންސްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެކްރޮން ޓެސްޓު ކުރީ ބަލީގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން ކަމަށާއި އެގޮތުން ނަތީޖާ އައިއިރު ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެކްރޮމްގެ ކިބައިން ފެނިގެން ދިޔައީ ބަލީގެ ވަރަށް ކުރީކޮޅު ފެނިގެން ދިޔަ އަލާމާތްތަކެއް ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވުމުން ހަތް ދުވަހުގެ މުއްދަތަކަށް މެކްރޮކް އައިސޮލޭޝަނުގައި ހުންނަވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފްރާންސްގައި އާދަޔާ ޚިލާފަށް ކޮވިޑްގެ ހާލަތު ގޯސްވަމުންދާން ފެށުމާ ގުޅިގެން، މި ހަފްތާގައި ވަނީ، ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގަން ފަށާފައެވެ.

ފްރާންސްގައި މިހާތަނަށް 2.4 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 59،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.