އެސްޓީއޯއިން ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވެޖެއެވެ. މި އެކްސްޕޯގައި އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ވަނީ ދައްކާލާފައެވެ.

މިމަހުގެ 20 އިން 24 އަށް, ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިޔަށްދާ މި އެކްސްޕޯގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ދެއްކި ޗޮއިސް ބްރޭންޑުގެ މުދަލުގެ ތެރޭގައި ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވާ ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް އާއި ޗޮއިސް ވެޖެޓަބްލް އޮއިލް ހިމެނެއެވެ. އަދި މީގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެ އެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ..

މިއީ މި ފެއާ ބާއްވާ 28 ވަނަ ފަހަރެވެ. މި އަހަރުގެ މި ފެއާގައި ދުނިޔޭގެ 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.