ސެޓިފައިޑް ހައި ވޯލްޓޭޖް އަދި މީޑިއަމް ވޯލްޓޭޖް ކޭބަލް ސްޕްލައިސިންގ، ޖޮއިންޓިންގ އެންޑް ޓާމިނޭޝަންގެ ޓްރެއިނިންގ އެއް ކުރިއަށް ގެންގޮސްފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވިގޮތުގައި މި ޓްރެއިނިންގއަކީ ސާވިސް ސެންޓަރާއި، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ، ޓްރެއިނިންގއެކެވެ.

މީގެ އިތުރުން، މި ޓްރެއިނިންގ ކުރިއަށް ގޮސްފައިވަނީ، ޔޫ.އޭ.އީގެ އިންޓަނޭޝަނަލް ސެންޓަރ ފޯ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓްގެ ޓްރެއިނަރެއްގެ އެހީއާއެކުގައިކަމަށް ސްޓެލްކޯއިންވަނީ ވިދާޅުވެފައެވެ.