ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން މެންދުރު 14:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

އަދި އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްވެސް އެފަރާރުންވަނީ ވަނީ ވިދާޅުވެފައެވެ.