މާލެ ސިޓީ ކައުންސިލުން، މާލެގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން، އަންނަ މާރޗު މަހުގައި އޮންނާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން ވިދާޅުވިީ މި ބައްދަލުވުން އޮންނާނީ މާރޗް 2 ވާ ބުރާސްފަތި ދުވަހުގެ ރޭ، 8:30ގައި ކަމަށެވެ.

އާރޓިފިޝަލް ބީޗް ގައި ބާއްވާ މި ޖަލްސާއިގައި ބައިވެރިވުމަށް، ހުޅުމާލެއާއި ވިލިމާލެގެ އިތުރުން، ހެންވޭރާއި، ގަލޮޅާއި، މައްޗަންގޯޅިގެ ހުރިހާ ރައްޔިތުންނަށްވެސް ވަނީ ދައުވަތުއަރުވާފައެވެ.

މިއީ މިއަހަރު ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ކަމަށްވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.