ބަރަކާތްތެރި ރަމަޟާން މަހުގެ ރޫޙާއި އެއްގޮތްވާ ގޮތުގެމަތިން، ޚާއްޞަކޮށް އެމަސް ފާހަގަ ކުރުމަށް ހިޔާ ޓަވަރުގެ 4ވަނަ ޓަވަރާއި 7 ވަނަ ޓަވަރު އަދި 8ވަނަ ޓަވަރުން އިންތިޒާމުކޮށްގެން ބާއްވާ "ހިޔާ ޤުރްއާން މުބާރާތް 1444 "ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެ ހަތަރު ކެޓެގަރީ އަކީ:

  1. ތުއްތު ކުދިންގެ ކެޓަގަރީ
  2. ޖޫނިއާރ ކެޓަގަރީ
  3. ސީނިއަރ ކެޓަގަރީ
  4. ބޮޑެތި މީހުންގެ ކެޓަގަރީ

މުބާރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ.

ތުއްތު ކުދިންގެ ކެޓަގަރީ ގައި ހިމެނޭނީ 6 އަހަރުން ދަށުގެ ކުދިންނެވެ. ޖޫނިއަރ ކެޓަގަރީ ގައި ހިމެނޭނީ، 11 އަހަރުން ދަށުގެ ކުދިންނެވެ. ސީނިއަރ ކެޓަގަރީގައި ހިމެނޭނީ، 15 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ ކުދިންނެވެ. ބޮޑެތި މީހުންގެ ކެޓަގަރީގައި ހިމެނޭނީ، 19 އަހަރުން މަތީގެ މީހުންނެވެ.

ހިޔާޓަވަރުގެ ބައެެއް މަންޒަރުތައް

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 މާރިޗް 2023 އަށް ފުރިހަމަވެފައިވާ އަހަރަށެވެ.

މުބާރާތުގެ ތުއްތުކުދިންގެ ކެޓަގަރީގައި ވަނަ ހޮވުމެއް ނޯންނާނެއެވެ. އެހެންނަމަވެސް ވަނަ ދިނުމުގެ ބަދަލުގައި ތުއްތު ކުދިންގެ ކެޓަގަރީގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަނދާނީ ލިޔުމެށް ދެވޭނެއެވެ.

ޖޫނިއަރ ކެޓަގަރ އާއި ސީނިއަރ ކެޓަގަރީ އަދިބޮޑެތި މީހުންގެ ކެޓަގަރީން، ބަލައިގެން އަދި ނުބަލާ ކިޔުމުން 1ވަނަ ، 2ވަނަ އަދި 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުން ވަނަ ހޮވުމުގައި ބޮޑެތި މީހުންގެ ކެޓަގަރީ ނުހިމެނޭނެއެވެ.

މި މުބާރާތުގައި އިނާމު ކަނޑައެޅިފައިވާ ވަނަތަކަކީ:

  • ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން: ޖޫނިއަރ، ސީނިއަރ އަދި ބޮޑެތި މީހުންގެ ކޮންމެ ކެޓަގަރީ އަކުން؛ 1ވަނަ، 2ވަނަ އަދި 3ވަނަ
  • މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ޖޫނިއަރ އަދި ސީނިއަރ 2 ކެޓަގަރީ އެއްކޮށް؛ 1ވަނަ، 2ވަނަ އަދި 3ވަނަ
  • މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން ޖޫނިއަރ އަދި ސީނިއަރ 2ކެޓަގަރީ އެއްކޮށް. 1ވަނަ، 2ވަނަ އަދި 3ވަނަ

މި މުބާރާތާއި ބެހޭ އުޞޫލާއި އަދި މުބާރާތު ގައި ބައިވެރިވުމަށް އެދޭ ފޯމު ހިޔާ ޓަވަރު 4 ،7 އަދި 8 ގެ ކޮމިއުނިޓ ވައިބަރު ގުރޫޕުން ނާއި އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

https://zaad.edu.mv/hiyaa-quran-competition-1444/

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ ، 28 ފެބްރުއަރ 2023 އެވެ. މުބާރާތުގެ އެއްވެސް ކަމެއް އޮޅުން ފިލުވުމަށް ބޭނުންވާ ފަރާތްތަކަށް 7769999 އިން މައުލޫމާތު ލިބޭނެ ކަމަށް އެެވެ.